Friday, August 10, 2007

ރޯދަމަހަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ދުނިޔޭގެ ކަންކޮޅު ތަކުގައި އުޅޭ މުސްލިމުންނަށް ވަރަށް ޚާއްޞަ މައްސަރެކެވެ. ރޯދަ މަސް ޚާއްޞަވާ ތަފާތު ސަބަބުތައް ހުރެއެވެ. އެހެން ކަމުން މިޚާއްޞަ މައްސަރަށް ދިވެހިން ދަނީ އެކި ދާއިރާ ތަކުން ތަފާތު ގޮތްގޮތުން ތައްޔާރު ވަމުންނެވެ. މިގޮތުން ރޯދަމަހަށް ތައްޔާރުވާ އެންމެ ޚާއްޞަ އެއް ބަޔަކީ ދަނޑުވެރިންނެވެ. ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ގެ ދަނޑުވެރިން ވެސް ދަނީ މިއަހަރު ރޯދަ މަހަށް ތައްޔާރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.

'' ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ނިލަންދޫގައި މިހާރު ކުރިއަށްދަނީ ދަނޑުތަކުގައި ފަސްގަނޑު ޖެހުމާއި، ސާފު ކުރުމާއި، ގަސްތައް އިންދުމުގެ މަސައްކަތް! ނިލަންދޫގައި އަބަދުވެސް އަންނަނީ ދަނޑުވެރިކަން ކުރަމުން! ވަކިން ޚާއްޞަކޮށް ރަމަޟާން މަހަށް ޚާއްޞަކޮށް ގިނަ އަދަދެއްގެ މީހުން ދަނޑުވެރިކަން ކުރޭ!

ރައްޔިތުންނަށް ދަނޑުވެރިކަން ކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ނިލަންދޫ އޮފީހުން ދަނީ ވަކި އުޞޫލަކުން ދަނޑުވެރިންނަށް ބިން ދޫކުރަމުން! [[މިހާރު މިދޫކުރާ އުޞޫލުން ވިއްޔާ ގާތްގަނޑަކަށް އަދި 50 ދަނޑު ނުވަތަ 70 ވަރަކަށް ދަނޑު ދޫކުރެވިދާނެ! ދަނޑު ދޫކުރަނީ ދަނޑު ބޭނުންވެގެން ހުށައަޅާ ކޮންމެ ގެއަކަށް 5000 އަކަފޫޓްގެ ދަނޑެއް]]. ނިލަންދޫ ކަތީބު މޫސާ އަހުމަދު ވިދާޅު ވިއެވެ.

ދަނޑުވެރިކަމުގައި ނިލަންދޫގެ ގިނަ އަދަދެއްގެ ބަޔަކު ޙިއްޞާ ވާއިރު ގަސްތައް ހެއްދުމަށް ބޭނުންވާ ބޭހާއި ކެމިކަލް ފަދަ ތަކެތި ބޭނުންވާ ވަރަށް ރަށުން ލިބޭކަމަށް ދަނޑުވެރިކަން ކުރާ ފަރާތްތަކުން މަޢުލޫމާތު ދޭ! [[ ހަމަ ކޮންމެ ފިހާރަ އަކުން ވެސް އަޅުގަނޑުމެން ބޭނުންވާ ވަރަށް ހުރިހާ އެއްޗެއްވެސް ލިބޭނެ! ގަސް ހެއްދުމަށް ބޭނުންވާ ކެމިކަލް އާ ބޭހާ އެއްޗިހި ވެސް ހަމަ ލިބޭނެ! ހުރިހާ އެއްޗެއްވެސް! ދެން ނުލިބިއްޖެ އެއްޗެއް ކަމަށްވަންޏާ ވެސް އަޅުގަނޑުމެންގެ ވިޔަފާރިވެރިއަކާ ގުޅިފާ ހުންނަ ފަރާތެއް ކަމަށް ވަންޏާ އަޅުގަނޑުމެން އޯޑަރު ދިނީމާ އެދިން ވަރަކަށް ހަމަ ބަރާބަރަށް ގެނެސްދޭނެ! ވިޔަފާރި ވެރިންގެ އެހީތެރިކަން އަޅުގަނޑުމެންގެ މިމަސައްކަތަށް ވަރަށް ބޮޑޭ ދެންނެވޭނީ!]]. ނިލަންދޫގެ ދަނޑުވެރިއެއް ކަމަށްވާ ނިލަންދޫ ބީޗް ހައުސް މުޙައްމަދު ނަޢީމް ބުންޏެވެ.

ދަނޑު ހައްދަމުންދާއިރު ގަސްތަކަށް ބަލި ޖެހުމަކީ ވަރަށް ޢާންމު ކަމެއް! ނަމަވެސް އެކަން ޙައްލު ކުރެވޭނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން! [[ޢާންމުކޮށް ޖެހޭ ބަލިތަކަކީ ފަންގަސް ބަލި، ލައްބަލި، ވާހަކައަކީ ފޮޅު، ތިކިތިކި ފަތްފަތުގައި ހުންނާނެ! ފަންގަސް ބަލީ ގައި ފަތްތަކަށް ދޮންކުލައަރާ އެކަހަލަ ގޮތްތަކެއް ވާނެ! މީގެ އެންމެ އުދަގޫ ބައްޔަކަށް އުޅެނީ މުލުގައި ގޮށްޖެހުމުގެ ބަލި! ގަހުގެ މުލުގައި ބިމުގެ އަޑީގައި ހުންނަ މޫތަކުގައި ގޮށްޖެހިއްޖެއްޔާ އެއީ ވަރަށް އުދަގޫ ކަމެއް! އެހިސާބުން އަޅުގަނޑުމެން ހަދާގޮތަކީ އެކަހަލަ ކަމެއް އެހެން ދިމާވާކަން އެގޭ ކަމަށްވަންޏާ އެގަހެއް ނަގާ އެއްލާލަނީ! ދެން ޢާންމުކޮށް ބަލިތައް ގިނަވަމުންދަނީ ވިއްޔާ ބަލިޖެހޭ ގަސްތައް މަދުކުރުމަކީ ވަރަށް މުހިއްމު ކަމެއް މިރުސް ހައްދާ މީހަކަށް! އެއީ އެގަހުގެ ސަބަބުން އެހެން ގަސްތަކަށް ބަލިތައް ވާރުތަވުމަކީ އެކަށީގެންވާ ކަމެއް]] ނައީމު އިތުރަށް ބުންޏެވެ.

ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ޚާއްޞަކޮށް ރަށު އޮފީހުންދަނީ ކޮންމެ ދަނޑުވެރިއަކަށް މާރުކޭޓެއް ހަދާނެ ބިންކޮޅެއް ދޫކުރަމުން! ދަނޑުވެރިކަން ކުރުމަކީ ޢާމުދަނީ ހޯދުމަށް ކުރުމަށް ވަރަށް ރަގަޅު މަސައްކަތެއް ކަމަށް އެކަންކުރާ ފަރާތްތަކުން ހާމަކުރޭ! [[ މީހަކު ހީވާގި ކަމާއެކު ކުރަންޏާ މިއީ ވަރަށް ފައިދާހުރި ކަމެއް! މީގެ ފައިދާ އެމީހަކަށްވުރެ ބޮޑަށް މުޅި މުޖުތަމައަށްކުރާނެ ކަމެއް]] ނައީމު އިތުރަށް ބުންޏެވެ.

ދަނޑުވެރިކަމަކީ ވެސް އެކަމުން އަހަރެމެންގެ ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނޭ ކަމެއްކަން ޔަގީނެވެ. އެކަމަކު އެއީ އެކަންކުރާނޭ ހީވާގި ބަޔަކު ތިބެގެން އެކަން ކޮށްފިނަމަ އެވެ.''.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home